ހަބަރު

ރައީސް ވަހީދުގެ ދެކަނބަލުންނަށް ހަމަލާ ދީފި

Jun 14, 2020
20

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާދީފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓް

މިކަމާ ބެހޭ އިތުރު ތަފުސީލެއް ރައީސް ވަހީދު ނުދެއްވަ އެވެ. އަދި އެމަނިކުފާނުގެ މި ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.