ހަބަރު

ރައީސް ވަހީދަށް ފުރައްސާރަކުރި މައްސަލައެއް ބަލަން: ފުލުހުން

Jun 14, 2020
1

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިންއަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މާލޭ ފަތާ ޓްރެކު ސަރަހައްދުގައި ރައީސް ވަހީދު އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

އެ މައްސަލަ ފެންމަތި ކުރައްވަމުން ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެ މަންޒަރު އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުންނަށް ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަހީދުގެ މި ޓުވީޓާ ގުޅިގެން ގިނަ ބަޔަކު އެކަން ކުށްވެރި ކުރަމުންދާއިރު، ކުރީގެ ރައީސްއަށް ލިބިދޭ އިނާތްތަކުގެ ދަށުން ކުރިގެ ރައީސުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް ލިބެ އެވެ. ރައީސް ވަހީދުގެ ޓުވީޓުގައި އެމްއެންޑީއެފްއާއި ރައީސް ސޯލިހު ވެސް ޓެގު ކުރައްވާފައިވެ އެވެ.