ހަބަރު

އިންޑިއާ އިން ރާއްޖޭގެ އެސްއީޒެޑް ޒޯންތަކަށް އިންވެސްޓް ކުރާނެ: ސަފީރު

Sep 27, 2015

ރާޢްޖޭގެ ވެރިކަމުގައި މިހާރު ތިއްބެވި ދެބޭފުޅުންނަކީ ތަރައްގީގެ ހަގީގީ މާނަ ދެނެވަޑައިގެން ތިއްބެވި ދެބޭފުޅުން ކަމަށް ރާޢްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނާ ރާޖީވް ސަހާރޭ ވިދާޅުވެއްޖެ އެވެެ. އަދި އިންޑިއާއިން އޮތީ އެސްއީޒެޑަށް އިންވެސްޓް ކުރަން ކަމަށް ވެސް ޝަހާރޭ ވިދާޅުވި އެވެ. 

އިޝާރާތްކުރައްވައި ސަހާރޭ ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީ އެމްއެޗަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ މިސާލެއް ކަމަށެވެ.

ރާޖީވް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނުގެ ވިސްނުންފުޅުގެ ދަށުން އެސްއީޒެޑް ގެ ބިލް ފާސްކޮށް، ރާއްޖޭގައި އިކޮނޮމިކް ޒޯންތައް ގާއިމްކުރަން ނިންމި ނިންމުމަކީ މުހިއްމު ނިންމުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ޒޯންތަކަށް އިންވެސްޓުކުރަން އިންޑިއާއިން މިހާރު އޮތީ ތައްޔާރަށް ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް އިންޑިއާއިން ލިބިގެންދާނެ ކަމަށެވެ.

"އިންޑިއާއިން ރާއްޖެއަށް އިންވެސްޓުކުރަން ވަރަށް ބޮޑަށް ޝައުގުވެރިވޭ. ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އިންޑިއާއިން ދެވެސް އޮތް ހުރިހާ އެއްބާރުލުމެއް ލިބޭނެ،" ސަހާރޭ ވިދާޅުވިއެވެ.

މި ހަފުލާގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފުންނާއި، ރާއްޖޭގައި ތިބި އިންޑިއާގެ ބައެއް ރައްޔިތުންގެ އިތުރަށް ސަރުކާރުގެ ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރާއްޖެ-އިންޑިއާ ބައިލޭޓްރަލް ގުޅުމަށް 50 އަހަރު ފުރޭނީ މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.