ވިޔަފާރި

ޕްރިމް އޯތޮޕީޑިއާގެ އުފެއްދުންތައް ލައިފްް ސަޕޯޓުން

Jun 19, 2020
1

ޕްރިމް އޯތޮޕީޑިއާގެ އުފެއްދުންތައް ލައިފްް ސަޕޯޓުން ވިިއްކަން ފަށައިފި އެވެ.

ޕްރިމް އޯތޮޕީޑިއާއަކީ ދުނިޔެއަށް މަޝްހޫރު ގިނަ ބާވަތްތަކުގެ އޯތޮޕީޑިކް އުފެއްދުންތައް ތައްޔާރުކުރާ ސްޕެއިންގެ މަޝްހޫރު ކުންފުންޏެކެވެ. ހުޅުހުޅުގެ ރައްކާތެރިކަމަށް ހާއްސަ ޕްރޮޑަކްޓްތަކުގެ އިތުރުން، ފައިގެ ރައްކަތެރިކަމަށާއި އެތެރެހައްޓަށް ލައްވާ (އިންޕްލާންޓަބަލް) މެޑިކަލް ޕްރޮޑަކްޓު އަދި ފިޒިއޮތެރަޕީ އަދި ސްޕާ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

އެގޮތުން ހަށިގަނޑުގެ އެކި ހުޅުހުޅަށް ބޭނުންކުރެވޭ ގާޑުތަކާއި އަތުގެ އެކި ހުޅުތަކާއި ފަޔާށާއި އުނަގަނޑަށް ހާއްސަކޮށް އުފައްދާފައިވާ ހުޅުގާޑުތައް ޕްރިމްގެ އުފެއްދުންތަކުގައި ހިމެނެ އެވެ. މި ޕްރޮޑަކްޓްތައް ބޭނުންކުރާ މީހުންނަށް އުނދަގޫކަމެއްނެތި ރައްކާތެރިކަމާއިއެކު ހެލިފެލިވެ އުޅުމަށް ބޮޑު އެހީއަކަށްވެ އެވެ. ހާސައްގޮތެއްގައި ކުޑަކުދިންނަށް އުފައްދާފައިވާ މައިޕްރިމް ކިޑްސްގެ ބާވަތްތަކަކީ ޔޫރަޕްގެ ގިނަ ހީސާބުތަކުގައި ތަރުހީބު ބޮޑު އުފެއްދުމެކެވެ.

ޕްރިމްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަނީ ލައިފް ސަޕޯޓް ކުންްފުނިންނެވެ. މި ތަކެތި ލައިފް ސަޕޯޓް ފާމަސީ އިން ލިބެންހުނާނެ އެވެ.