ހަބަރު

ޔޫފިއަސް އިން ވާޗުއަލް ޤުރުއާން ކްލާސް ތަކެއް

Jun 19, 2020
3

ކޮވިޑް-19 އިގެ ސަބަބުން މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އަދި ވެސް ރަނގަޅެއް ނޫނެވެ. ސްކޫލްތަކާއި ކޮލެޖުތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ، ގޭގައި ތިބެގެން ޤުރުއާން ކިޔެވޭނެ ކްލާސްތަކެއްގައި ޔޫޕިއަސް އެލްއެލްއެލް ޕީ އިން މިވަނީ ފަށާފަ އެވެ. މި އިންސްޓިޓިއުޓްގެ ކްލާސްތައް ޔޫފިއަސްގެ "އީފިއަސް ކޮލެޖިއޭޓް" ގެ އިތުރުން "އިންސްޓިޓިއުޓް އޮފް ހޯލީ ޤުރްއާން" އިން ވެސް ކުރިއަށް ގެންދާނެ އެވެ. މި ކޯސްތައް މެދުވެރިކޮށް ހުރިހާ އުމުރު ފުރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހުރިހާ ޕްރޮގްރާމް ތަކަކީ ވެސް އޮންލައިންކޮށް ވާޗުއަލްކޮށް ކުރިއަށް ގެންދާ ކޯސް ތަކެކެވެ.

އޮންލައިން ކްލާސްތަކުގައި ބައިވެރިވުގެ ފުރުސަތު ހުޅުވާލުމާ އެކީގައި ތިން ދުވަސްތެރޭ މިހާތަނަށް 600 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ދަނީ ބައިވެރިވަމުންނެވެ.

އުމުރުން ދެ އަހަރު ބައިން ފެށިގެން ބައިވެރިވެ ވޭގޮތަށް ފަރުމާކުރެވިފައިވާ އިންސްޓިޓިއުޓް އޮފް ހޯލީ ޤުރްއާންގެ އޮންލައިން ކުލާސްތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދެ އެވެ. އަދި އީފިއެސް ކޮލެޖިއޭޓް ގެ ކޯސްތައް މި މަހު 21 ވާ އާދީއްތަަ ދުވަހު ފަށާނެ އެވެ. މި ޕްރޮގްރާމް ތަކުގައި ބައިވެރި ވާން ބޭނުންވާ ބޭފުޅުން އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭނޭ މަގު ކޮލެޖިއޭޓްގެ ވެބްސައިޓުން ހަމަޖެހިފައިވެ އެވެ. މި އިންސްޓިޓިއުޓްގައި މި އަހަރުގެ މާޗް މަހާ ހަމަ އަށް 1500 އައް ވުރެ ދަރިވަރުން ކިޔަވަމުން ދިޔަ އެވެ.

ޔޫފިއަސް އެލްއެލްއެލްޕީގެ ޑައިރެކްޓަރު މުހައްމަދު ޝާކިރު އަބްދުﷲ އަދި ރައީސް އިބްރާހިމް ރުޝްދީ ވިދާޅުވީ އެންމެ އިސްކަމެއް ދެނީ އަބަދު ވެސް ދަރިވަރުންނަށް ރައްކާތެރި މާހަައުލެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.

އަދި މިހާރު ދުނިޔެ އަށް ދިމާވެފައިވާ ބަލިމަޑުކަމާ ގުޅިގެން އިންސްޓިޓިއުޓް ޑިޖިޓަލް ކުރުމަށް ނިންމީ މި ދަނޑިވަޅުގައި ދަރިވަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ހުއްޓުމެއްނެތި ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދޭށެވެ.

ޔޫފިއަސް އެލްއެލްއެލްޕީގެ ދަށުން ހިންގާ، އިންސްޓިޓިއުޓް އޮފް ހޯލީ ޤުރްއާން އުފައްދާފައިވަނީ 2012 ވަނަ އަހަރު ކުޑަކުދިންނަށް ކިޔަވައިދޭށެވެ. އަދި މި އިންސްޓިޓިއުޓް ފުޅާކުރުމުގެ ގޮތުން 2013 ވަނަ އަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ޤުރްއާން އަދި އިސްލާމިކް ކޯސްތައް ވެސް ފަށާފައިވެ އެވެ. އަދި 2018 ވަނަ އަހަރު އުފައްދާފައިވާ އީފިއަސް ކޮލެޖިއޭޓް އިން ތަފާތު އެކި ދާއިރާ ތަކުން ކޯސްތައް ހިންގަ އެވެ. މިހާރު މި ކޮލެޖިއޭޓްގެ ހަތަރު ކެމްޕަހެއް ހުރެ އެވެ. މާލޭގައި ތިން ކެމްޕަހެއްގެ އިތުރުން ފުވައްމުލަކުގައި ކެމްޕަހެއް ހުރެ އެވެ. މީގެ އިތުރުން އެކި އަތޮޅުތަކުގައި ހަދާގައިވާ 15 އައުޓްރީޗް ސެންޓަރު މެދުވެރިކޮށް މި ކޮލެޖިއޭޓްގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެ އެވެ.