ހަބަރު

ކޮންޓެއިނަރު އުފުލާ ވެހިކަލަކުން ޖެހި މަގުމަތީގައި ހުރި ގަހެއް ވެއްޓިއްޖެ

Sep 28, 2015
1

ކޮންޓެއިނަރު ވެހިކަލަކުން ޖެހި މަގުމަތީގައި އިންދާފައި ހުރި ބޮޑު ގަހެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ.

މިއަދު ހެނދުނު 10:45 އެހާ ކަންހާއިރު މަޖީދީމަގު ސްޓާ ސިނަމާ ކައިރިން ކޮންޓައިނަރު އުފުލާ ވެހިކަލް ގޯޅި އަޅަނިކޮށް ވަނީ މަގުގެ އެއްފަރާތެއްގައި ހުރި ގަހެއްގައި ޖެހި ގަސް ބިންދައިގެން ގޮސް މަގުމައްޗަށް ވެއްޓިފަ އެވެ.

މިހާދިސާ ހިނގި ހިސާބުގައި ހުރި ފުލުހަކު ބުނީ ކޮންޓައިނަރެއް ގޯޅި އަޅަނިކޮށް މަގުގެ އެއްފަރާތެއްގައި ހުރި ގަހެއްގައި ޖެހި ގަސް މެދުން ބިންދައިގެން ގޮސް މަގުމައްޗަށް ގަސް ވެއްޓުނު ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. 

"ކޮންޓައިނަރެއް ގޯޅި އަޅަނިކޮށް ގަހުގައި ޖެހިގަސް ބިންދާގެން ދިޔައީ. ނަސީބަކުން މީހެއް އެވަގުތު އެހިސާބުގައި ނެތް،" ފުލުހެއް ބުންޏެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުން އެކޮންޓައިނަރަކީ އެސްޓީއޯގެ ކޮންޓައިނަރެކެވެ. އަދި މިހާދިސާގައި ކޮންޓައިނަރަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ފުލުހުން މިހާރު ވަނީ ގަސް މަގުގެ އެއްފަރާތަކަށް ޖައްސާ އެހިސާބުން ގަސް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.