ދިރާގު

ދިރާގުން ޑިސްކައުންޓާއި ބޫސްޓާ އެލަވަންސް ދެނީ

Jun 21, 2020
1

ދިރާގުން ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދޭންް ނިންމައިފި އެވެ.

ދިރާގުން މިއަދު ބުނީ މިއީ "ނިއު ނޯމަލް" ގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާތީ ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެގޮތުން ދޭ ޑިސްކައުންޓު އަދި އެލަވެންސް ތަކެއް ކަމަށެވެ.

އެގޮތުން ދޭ ޑިސްކައުންޓް ތަކާއި ބޫސްޓާ އެލެވަންސްތަކަކީ:

ހޯމް ފިކްސްޑް ބްރޯޑްބެންޑް
- 21 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓާ އަކުން 33 ޕަސެންޓު އިތުރު އެލަވަންސް

މޮބައިލް ޕޯސްޓްޕެއިޑް
-16 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްްޓާ އަކުން 30 ޕަސެންޓު ޑިސްކައުންޓް

މަމެން
- 20 ޖޫން 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ޑޭޓާ ބަންޑަލް ތަކުން 20 ޕަސެންޓު އިތުރު އެލަވަންސް

ދިރާގުން ވަނީ ކޮވިޑް19 އާއި ގުޅިގެން ވެސް ކަސްޓަމަރުންނަށް ޑިސްކައުންޓުތަކެއް ދީފަ އެވެ.