ހަބަރު

ހާދިސާ ތަހުގީގު ކުރުމުގައި ދެ ގައުމެއްގެ އެހީ ފުލުހުން ހޯދަނީ

Sep 28, 2015

ރައީސް ހުންނެވި ލޯންޗްކޮޅުގައި ބާރުގަދަ ގޮވުމެއް ގޮވައިގެން މިއަދު ހިނގި ހާދިސާ ތަހުގީގު ކުރުމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ފުލުހުން ހޯދަން ފަށައިފި އެވެ.

އައިޖީއެމްއެޗް ކުރިމަތީގައި ބޭއްވި ޕްރެޝްގައި ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ ހެޑް ސްޕްރިޓެންޑެންޓް، ހަމްދޫން ރަޝީދު ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ޓީމުން މައްސަލަ ތަހުގީގު ކުރާ އިރު، އެމެރިކާ އާއި އޮސްޓްރޭލިޔާގެ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. މައްސަލައިގެ އިތުރު ތަފްސީލަކަށް ނުގޮސް ހަމްދޫން ވިދާޅުވީ މައްސަލަ ތަހުގީގު ނިމުމުން ނޫނީ އޭގެ ތަފްސީލެއް ނުދެވޭނެ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ތިން މީހަކު ކަން ހަމްދޫންގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. އަދި އެ ތިން ބޭފުޅުންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.