ހަބަރު

ރައީސް އާއި އާއިލާގެ ރައްކާތެރިކަން ކަށަވަރު ކުރަން ޕީޕީއެމް އިން ގޮވާލައިފި

Sep 28, 2015

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ސަރުކާރު ހިންގާ ޕީޕީއެމުން ގޮވާލައިފި އެވެ.

ރައީސްގެ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާއާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހިންގެ މައްޗަށް ވާޖިބެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.

".. އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުން އެއީ އަޅުގަނޑުމެން ދިވެހި އެންމެހާ ރައްޔިތުންގެ ވާޖިބެއް ކަމުގައި ޕާޓީޏް ދެކެން. އެ އާއިލާގެ ރައްކާތެރިކަން އެންމެ ފުރިހަމަޔަށް ފޯރުކޮށްދެއްވުމުގައި އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދެއްވުމަށް ކަމާބޭހޭ ފަރާތްތަކަށް ގޮވާލަން،" ބަޔާނުގައި ވެއެވެ.