ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލް އިންތިހާބު: ނަން ނަގަން ފުރުސަތު ދީފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

އިލެކްްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކެނޑިޑޭޓު ކަމަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ، ހާއްސަ ޤާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ކަމަށެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިންނެވެ.

އެ ފޯމު ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި، ފޯމު ހުށަހަޅަން ޖެހޭނީ ކޮމިޝަނުގެ އީމެއިލް ([email protected]) އަަށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

އިތުރަށް ބުނީ، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އިއުލާން ކުރާނެ ކަމަށެވެ. އެ ތާރީހު ވާންވާނީ އިންތިހާބު އޮންނަ ތާރީހުގެ 30 ދުވަސް ކުރިން ކަމަށް، އިލެކްޝަންސް އިން ގެޒެޓު ކުރި "ނަން އަނބުރާ ގެންދިއުމުގެ އުސޫލު" ގައި ވެ އެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން ތާވަލު ކުރި ލޯކަލް ކައުންސިިލް އިންތިހާބު ފަސް ކުރުމަށްފަަހު އަލުން ބާއްވާނެ ތާރީހެއް ނިންމާފަ އެއް ނުވެ އެވެ. އެހެންނަމަވެސް، އަންނަ އަހަރު މާޗު މަހު އިންތިހާބު ބާއްވަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮވިޑް އާ ގުޅިގެން ފަސް ކުރި މި އިންތިހާބު، ބޭއްވޭނެ މާހައުލެއް ގާއިމް ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ އެ މަގާމުގައި ތިބުމަށް ވަނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެެސްްފަ އެވެ.