ދިރާގު

ކޮންމެ މޫޑަކަށް ސްޓިންގްރޭ މިއުޒިކް!

Jun 24, 2020

މި ޒަމާނުގައި ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަމަކާ ގުޅޭ "ޕްލޭލިސްޓެ"އް މުހިއްމެވެ. އެކަނިހުރެ ގޭގަ މީރުކޮށް ކައްކާށާއި ކަސްރަތު ކުރުމާއި ރައްޓެހިންނާއެކު ބާބެކިއުއެއް ހަދަން ވިޔަސް ރަނގަޅު ޕްލޭލިސްޓަކާ ނުލައި އެ ކަމެއް ނުފެށެ އެވެ.

މި ކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ އަވަހަށް ސްޓިންގްރޭ އެޕްލިކޭޝަން ފޯނަށް ޑައުންލޯޑް ކޮށްލުމެވެ.

ކޮންމެ ކަމަކަށް، ކޮންމެ މޫޑަކަށް އެކި ކަހަލަ ޕްލޭލިސްޓްތައް ހިމެނޭ މި މޮބައިލް މިއުޒިކް ސްޓްރީމިން އެޕުން އިންޓަނޭޝަނަލް ހިޓުތައް އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އެތައް ބައިވަރު އާޓިސްޓުންގެ މިއުޒިކް ހިލޭ ސްޓްރީމް ކުރެވޭނެ އެވެ.

އެގޮތުން، ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު މި އެޕްގައި އަޕްޑޭޓް ވެއެވެ. މީގެ އިތުރުން ތަފާތު ޖޯންރާ ތަކުގެ މިއުޒިކާއި އެކި ޒަމާނުގެ ލަވަ ހިމެނޭ ޕްލޭލިސްޓުތައް ވެސް ހިމެނެ އެވެ.

ސަބްސްކްރިޕްޝަން ފީއަކާ ނުލާ މި އެޕް ދިރާގު ކަސްޓަމަރުންނަށް ބޭނުންކުރެވެ އެވެ.