މޯލްޑިވްސް ޕޮލިސް ސާވިސް

ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި

Jun 26, 2020
1

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރު ކޮށް ތަހުގީގެއް ފަށައިފި އެވެ.

އިއްޔެ ހިންގި އެ ތިން އޮޕަރޭޝަނަކީ ވެސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެވެ.

ފުރަތަމަ އޮޕަރޭޝަނުގައި ހުޅުމާލެއިން މާލެއަށް ބަނގުރާ ގެންނަން އުޅުނު ޕިކަޕެއް ހުއްޓުވައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލި އެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށް އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ހޯދި އެވެ.

މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ދެ ފްލެޓެއް ބަލައި ފާސް ކުރި އެވެ. އޭގެ ފުރަތަމަ ފްލެޓުން މަސްތުވާތަކެއްޗާއި ބަނގުރާ ފެނިގެން ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށް އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ހޯދި އެވެ.

ތިން ވަނަ އޮޕަރޭޝަންގައި ފާސްކުރި ފްލެޓުން ވެސް ފެނުނި މަސްތުވާތަކެއްޗާއި ބަނގުރަލެވެ. ތުހުމަތަށް ހައްޔަރު ކުރީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެ މީހުނަށް ވެސް ފަސް ދުވަހުގެ ބަންދެއް ކޯޓުން ޖަހައި ދިނެވެ.