ވިޔަފާރި

މޯލްޑިވިއަންއަށް ކެނެޑާގެ އެވޯޑެއް

Jun 27, 2020

ރާއްޖެގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް، ކެނެޑާގެ "ޑި ހެވިލެންޑް އެއާ ކްރާފްޓް" ކުންފުނިން އެވޯޑެއް ދީފި އެވެ.

އެއާލައިން އުފައްދާ، ކެނެޑާގެ ޑި ހެވިލެންޑް އެއާ ކްރާފްޓް ކުންފުނިން މޯލްޑިވިއަނަށް ދީފައި ވަނީ، ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓު ބޭނުން ކުރާ ކުންފުނިތަކަށް ދޭ އެވޯޑެކެވެ. އެ ކުންފުންޏަށް ދީފައި ވަނީ ޑޭޝް 8 ގެ މަތިންދާ ބޯޓު ބޭނުން ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ހިދުމަތްދޭ އެއާލައިން ތަކަށް ދޭ އެވޯޑެވެ.

މޯލްޑިވިއަންގެ އިތުރުން، ކެނެޑާގެ ޑި ހެވިލޭންޑުގެ އެވޯޑު ލިބިފައިވަނީ ތައިލެންޑުގެ ނޮކް ކުންފުންޏެކެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް 2018 ވަނަ އަހަރު ވެސް ޑޭޝް އަށެއްގެ މަތިދާ ބޯޓަށް ދޭ އެވޯޑެއް ލިބިފައިވެ އެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގެ ޑޭޝް 8 ގެ މަތިންދާ ބޯޓު ބޭނުން ކުރާ ހަމައެކަނި ކުންފުންޏެވެ. އެ ކުންފުނިން ޑޭޝް 8 -200 މަރުކާގެ 37 ގޮނޑީގެ ދެ ބޯޓަކާއި ބޯޓާއި ޑޭޝް 8-300 މަރުކާގެ 50 ގޮނޑީގެ އަށް ބޯޓު ބޭނުން ކުރެ އެވެ.