ވިޔަފާރި

ބީއެމްއެލް އިން މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއް

Jun 28, 2020
3

މަޝްހޫރު ސްޓާ ސިނަމާ ހިންގި އިމާރާތުގައި ބީއެމްއެލްގެ އާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް އެ ބޭންކުގެ "ސެލްފް ސާވިސް ބޭންކިން" ގެ ހިދުމަތް މާލޭ ސިޓީގައި ފުޅާ ކޮށްފި އެވެ.

ބީއެމްއެލްގެ އާ އޭޓީއެމް ސެންޓަރު ހުޅުވާފައި ވަނީ މ. ކްލައުޑް، ނުވަތަ ކުރީގެ ސްޓާ ސިނަމާ ހިންގި ބިމުގައި އަލަށް ހެދި 14 ބުރީގެ އޮފީސް އިމާރާތުގެ ތިރީ ބައިގަ އެވެ.

އަލަށް ބީއެމްއެލް އިން ބެހެއްޓި މި އޭޓީއެމް ސެންޓަރުން ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެެ އެވެ. އެ ތަނުން 24 ގަޑިއިރު ހިދުމަތް ދޭނެ އެވެ.

މި ސެންޓަރުގައި އެންމެ ޒަމާނީ ފެންވަރުގެ އޭޓީއެމްގެ ހިދުމަތްތާއެކު ތިން އޭޓީއެމް ހުންނާނެ އެވެ. އަދި މި އޭޓީއެމްތަކުން ފައިސާ ނެގުމާއި ޖަމާ ކުރުމާއި ޗެކް ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އާ ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ މުޅި ރާއްޖެއަށް ބޭންކިން ވިއުގަ ފުޅާ ކުރުމުގެ ގޮތުން ކުރާ އިންވެސްޓްމަންޓްގެ ތެރެއިން އައި އޭޓީއެމް ސެންޓަރެއް ކަމަށެވެ.

"ބޭންކިން ހިދުމަތް ހޯދުމަށް ބްރާންޗަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި މި ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން ބޭނުން ވަގުތެއްގައި ބޭންކިން ހިދުމަތް ހޯދޭނެ. މިދިޔަ ހަފުތާގައި އަޅުގަނޑުމެން ވާނީ އަތޮޅުތަކުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާ ކުރަން ހަތަރު ރަށެއްގައި އޭޓީއެމް ބަހައްޓާކަން މަކޮށްފައި، އުއްމީދަކީ ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭގައި މި އޭޓީއެމްތައް ވެސް އިތުރު ކުރެވިގެން ދިޔުން،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް އިން ރާއްޖެގެ 20 އަތޮޅުގައި 38 ބްރާންޗާއި 56 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 119 އޭޓީއެމްގެ އިތުރުން 277 ކޭޝް އޭޖެންޓުންނާއެކު ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ.