ހަބަރު

އިލެކްޝަންސްގެ ޑިމޮކްރަސީ ހަފްތާ ފަސްކޮށްފި

Sep 29, 2015

އަންނަ މަހުގެ ހަތަރެއްގައި ބާއްވަން ނިންމާފައިވާ ޑިމޮކްރަސީ ހަފްތާގެ ހަރަކާތްތައް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އެކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ހއ. ހޯރަފުށީ ގައި ބާއްވަން ނިންމާފައިވާ ޑިމޮކްރަސީ ވީކްގެ ހަރަކާތްތައް ކެންސަލް ކުރަން ނިންމީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވައި އިއްޔެ ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ކަމަށެވެ. އަދި އެ ހަފްތާގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ފެނުނީ މިވަގުތު އެފަދަ ދުވަހެއް ފާހަގަ ކުރުން ރަނގަޅު ނުވާނެ ކަމަށް ކަމަށް އަކުރަމް ވިދާޅުވި އެވެ.

އެ ހަފްތާ ބާއްވަން ނިންމާފައި އޮތީ، އަންނަ މަހު ހަތަރަކުން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

"މިހާރު މި އޮތް ނުތަނަވަސްކަން ހައްލުވިހާ އަވަހަކަށް އަލުން ހަރަކާތްތައް ފަށާ ގޮތަށް މި ނިންމީ. ފަހުން ތާރީހެއް އަޅުގަނޑުމެން ނިންމާނަން،" އަކުރަމް ވިދާޅުވި އެވެ.

އެ ހަރަކާތްތައް އިފްތިތާހު ކުރެއްވުމަށް ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވަން ކުރިން އޮތީ ހަމަޖެހިފަ އެވެ.

ޑިމޮކްރަސީ ވީކްގައި 2472 ފަރާތަކުން ބައިވެރިވެ ގިނަ ހަރަކާތްތަކެއް ޑިމޮކްރަސީއަށް އަހުލުވެރި ކުރުވަން ހިންގަން ނިންމާފައިވެ އެވެ.