ހަބަރު

ގެއެއްގެ ނުވަ ވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެ

Sep 29, 2015

މިހާރު ވެސް ހަދަމުން އަންނަ މ. ސަނީ ބްރީޒްގެ ނުވަނަ ފަންގިފިލާ އިން ބިދޭސީ އަކު ވެއްޓި އޭނާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ އަކީ އެ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުން އައި މީހެއް ކަމަށެވެ. އެ މީހާގެ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.

އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.