ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ހިސާބު: 24 ބަލި، 17 ގަދަ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 24 މީހުން ކަމަށާ 17 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 735 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 24 ސާމްޕަލެވެ. 24 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ބަންގަލްދޭޝްގެ ހަތް މީހުންނާއި އިންޑިއާ ހަ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,361 އަށް އަރާފަ އެވެ. ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 17 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،944 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 403 މީހުންނެވެ.

ކޮވިޑަށް 50،336 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 275 މީހުންނެވެ. ކަރަންޓީންގައި ތިބީ 134 މީހުނެވެ.