ހަބަރު

ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގަނީ

Jul 2, 2020
4

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގަމުން އެބަދެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ހަމަނުޖެހުން ހިންގަނީ މުސާރަ ނުލިބި ލަސްވެގެން ކަމަށްވެ އެވެ.

އެ ރަށުގައި ބިދޭސީން ހިންގި ހަމަނުޖެހުމުގައި ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށް ވެސް މައުމާތު ލިބެ އެވެ. ހަމަނުޖެހުން ހިންގަމުންދަނީ ތުޅާދޫއާ އެއް ފަޅެއްގައި އޮންނަ ބޮޑު ފިނޮޅުގަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

ނަމަވެސް ހަމަނުޖެހުން މައިތިރިކުރުމަށް ތުޅާދޫއިން ޒުވާނުންތަކެއް އެ ރަށަށް ދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސްވެ އެވެ. ބިދޭސީން ހަމަނުޖެހުން ހިންގަމުން ދަނީ ދަގަނޑުބުރި ފަދަ ތަކެއްޗާއެކު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަލިފާން ރޯކޮށްފައިވާ ކަމަށްވެސްވެ އެވެ.