ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހަރަދު ކުޑަކުރަން މޯލްޑިވިއަންގެ ލޯނުތަކަށް ލުއި ހޯދަނީ

Jul 5, 2020
3

ހަރަދު ކުޑަ ކުރުމުގެ ގޮތުން މޯލްޑިވިއަން އިން ނަގާފައިވާ ލޯނުތަކަށް ލުއި ހޯދަން މަޝްވަރާ ކުރަމުންދާ ދައްކަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން އެންމެ ފަހުން ބޭއްވި ވެބިނާގައި ވާހަކަ ދައްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން އެއާލައިންތަކެކޭ އެއްގޮތަށް ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަންއަށްވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހަރަދު ކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމާއި އެހެން އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަށް ހަރަދުތައް ކުޑަ ކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނީގެ ލޯނުތައް ލުއިކޮށްދޭން ވެސް މަސައްކަތް ކުރަމުން މިދަނީ. މުވައްޒަފުންގެ ހަރަދު ތަކަށް ބޮޑު އެއްޗެއް ހޭދަވޭ. އެކަމަށް ވެސް ހައްލު ތަކެއް ހޯދަން ސަރުކާރާއެކު މަޝްވަރާ ކުރެމުން ދޭ،" ޖެނިފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ މުސާރަތައް މި ވަގުތު ކުޑަކޮށްފައިވީ ނަމަވެސް ހާލަތު ރަނގަޅުވުމާއެކު، އަލުން މުސާރަ އިޔާދަކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ނޭޝަނަލް އެއާލައިނެއްގެ އައިސިއްޔަތުން މި ހާލަތުގައި ވެސް ގިނަ ހިދުމަތް ތަކެއް ދެމުން އެބަދެވޭ. އަޅުގަނޑުމެންގެ ހިދުމަތް އިމްޕޯޓާސް އާއި ރިސޯޓް އޯނަރުންނަށް ވެސް ލިބޭނެ. ރާއްޖެއަށް މެޑިކަލް އިކްއިމްޕްމަންޓާއި ބޭސް ވެސް މިދަނީ ސަޕްލައި ކުރަމުން. ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނެސްދީ، ބިދޭސީން ފޮނުވާލުމުގެ އޮޕަރޭޝަންތަކުގައި ވެސް ބައިވެރިވަމުން މިދަނީ،" ޖެނިފާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ދާދި ފަހުން ވަނީ ސ. އަތޮޅާއި ހދ. ކުޅުދުއްފުޓާ ގުޅާލާފަ އެވެ. މި ދަތުރުތައް ފަށާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ އެދިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.