ކްރިމިނަލް ކޯޓް

ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވަައިފި އެވެ.

ގާޒީ ނަޖީބު މަގާމުން އިސްތިއުފާ ދެެއްވާފައި މިވަނީ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށައެޅުމުން އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓް ނިސްބަތްވާ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ގާޒީ ނަޖީބު ބައިވެރިވި ކަމާއި، އެ އިންތިހާބުގައި ބައިވެރިވި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރުމަށް އޭނާ މަސައްކަތް ކުރެއްވި ކަން ފާހަގަވާ ކަމަށެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ނަޖީބު ވާހަކަ ދައްކަވާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެއްވެސް ތަހުގީގީ އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގެ އަސާސްތަކާއި ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް ގާޒީ ނަޖީބު އަމުރު ނެރެފައިވާ ކަން ފަހަގަވެ ސާބިތު ވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާން ކުރާ ފަނޑިޔާރުންގެ ސުލޫކާ ކަނޑައެޅިގެން ހިލާފު ކަމަކަށް ވާތީ، ގާޒީ ނަޖީބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަނުން ނިންމީ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވާ ނެރުއްވި ބަޔާނުގައި ނަޖީބު ވިދާޅުވީ ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ތަނެއް ކަމަަށެވެ. އަދި ބަދަލު ހިފުމުގެ ޖޯޝާ ފޯރީގައި އޮތް މަޖިލީހަކުން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭތީކަމަށެވެ.

ނަޖީބު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު