ހަބަރު

މާލެއިން ބިމެއް ވިއްކާލީ އެއް ރުފިޔާއަށް

Oct 1, 2015
2

މާލެއިން 1102 އަކަފޫޓްގެ ބިމެއް އެއް ރުފިޔާއަށް ވިއްކާލި މުއާމަލާތެއް ސައްހަ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ހ. ލާލްޕޫލްގެ ވިއްކާލީ މުއާމަލާތް ސައްހަ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ގޭގެ ވެރިފަރާތުން އެގެ، އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާޒް އަށް ވިއްކާލުމަށް ކުރި މުއާމަލާތުގައި އެ ގޯތި ވިއްކާލުމަށް ދެ ފަރާތުން އެއްބަސްވި އަގު ކަމަށްވާ، އެއް ރުފިޔާ އެ ކުންފުނިން ވެރިފަރާތަށް ދީފައިވާތީ އެ ގޯއްޗަކީ އީވް މޯލްޑިވްސްގެ ތަނެއް ކަމަށެވެ.

ބިން ވިއްކާލުމަށް ކުރާ މުއާމަލާތްތަކުގައި އެ ގެ ވިއްކާލި އަގުގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ގަތް ފަރާތުން ސަރުކާރަށް ދައްކަން ޖެހެ އެވެ. އެހެން ކަމުން އެ މުއާމަލާތުން ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހެނީ 15 ލާރި އެވެ. އެގޮތަށް ބިން ވިއްކާ މުއާމަލާތްތަކުގައި ބިން ވިއްކާ އަސްލު އަގު އޮޅުވާލުމުގެ މައްސަލަ ބޮޑެވެ. ގިނަ މީހުން އެގޮތަށް ހަދަނީ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ކުޑަ ކުރުމަށެވެ.

މާލެއިން އާންމުކޮށް ބިން ވިއްކަނީ ތިން މިލިއަން ރުފިޔާއަށް ވުރެވެސް ބޮޑެތި އަގުތަކުގަ އެވެ.