ހަބަރު

މުސާރަ ނުލިބި ބިދޭސީންތަކެއް ހުޅުމާލޭގައި މުޒާހަރާ ކޮށްފި

މުސާރަ ނުލިބުމުން ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކޮށްފި އެވެ.

ބިދޭސީންތަކެއް ހުޅުމާލެ މަގުމައްޗަށް ނިކުމެ މިއަދު ވަނީ މުޒާހަރާ ކޮށްފަ އެވެ. އެމީހުން މަސައްކަތް ކުރާ ކުންފުނީގެ އޮފީސް ކައިރިިއަށް ގޮސް މުޒާހަރާ ކުރީ، މުސާރަ ނުލިބޭތީ ކަމަށް ވެ އެވެ.

ފުލުހުން މިއަދު ބުނީ، މުޒާހަރާ ކުރި މީހުން މަސައްކަތް ކުރާ ތަނަށް އެއްވެފައިވަނީ އެމީހުންނަށް ލިބެންޖެހޭ މުސާރަ ނުލިބުމުގެ ސަބަބުންނެވެ. އަދި ފުލުހުން އެތަނަށް ދިއުމުން އެމީހުން ވަނީ އެތަނަށް ގޮސްފައި ކަމަށެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ހަމަނުޖެހުމެއް ހިނގައިގެން އުޅޭ މަންޒަރުވެސް ފެނެ އެވެ. ފުލުހުން އެކަމަށް އެއްވެސް ބަހެއް އަދި ނުބުނެ އެވެ.

އެމީހުން މަސައްކަތް ކުރާ ކުންފުންޏަކީ ކޮބައިި ކަމެއް އަދި މުޒާހަރާ ކުރީ ކިތައް މަހުގެ މުސާރަ ނުލިބިގެން ކަމެއް ސާފެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި ބ. ބޮޑުފިނުޅުގައި ވަނީ ބިދޭސީންނަށް މުސާރަ ނުލިބުމުން ދިވެހިންތަކެއް ރަހީނުވެސް ކުރި އެވެ.