އެމްއެންޑީއެފް

އެޖްޓަންޓް ޖެނެރަލަކަށް ކާނަލް މުހައްމަދު އިބްރާހިމް

Jul 7, 2020

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަން ކުރައްވައިފި އެވެ.

މިއަދު ސިފައިންގެ މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކާނަލް މުހައްމަދު އިބްރާހިމަށް މަގާމު ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯ (އޭޖީ ކޯ) އަކީ ގައުމީ ދިފާއީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާ ކުރުމާއި ސިވިލް އަދި ޕަބްލިކް އެފެއާޒްގެ ހިދުމަތްތަކާއި ލީގަލް ސަޕޯޓާއި އަސްކަރީ ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމާއި ހިއުމަން ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަޕޯޓް ސާވިސް އެކެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސްގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ކާނަލް މުހައްމަދު އިބްރާހީމް ކުރިން ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމުގަ އެވެ.