ހަބަރު

ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓެވެ ހަތަރު ބިދޭސީއަކު ޒަހަމް ވެއްޖެ

Oct 1, 2015

ވ. ކެޔޮދޫ ކައިރީ ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު ބިދޭސީއަކު ޒަހަމް ވެއްޖެ އެވެ. 

އޭގެ ތެރެއިން ތިން މީހަކަށް ކެޔޮދޫ ސިއްހީ މަރުކަޒުގައި ފަރުވާދޭ އިރު އެނެއް މީހާ އިތުރުފަރުވާއަށް އެ އަތޮޅޫ ފެލިދުއަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފައެވެ. 

ފުލުހުން ބުނީ މިހާތަނަށް ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، މ. ކޮޅުފުށިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ "އެމްޕަޔަރު" ލޯންޗް ކެޔޮދުއާއި ފެލިދުއާ ދޭތެރޭ އޮންނަ ކަނޑުއޮޅިން ވ. އަތޮޅަށް ވަންނަނިކޮށް، އެއްވެސް ނެވިގޭޝަނެއް ނެތި ދަތުރުކުރަމުންދިޔަ ޑިންގީީއެއްގައި ޖެހިގެން ކަމަށެވެ. މި ޑިންގީއަކީ ވ. އާރަށުން ކެޔޮދޫއަށް ދަތުރުކުރި ޑިންގީއެކެވެ.

އަނިޔާވެފައިވަނީ ޑިންގީގައި ތިބި މީހުންނަށެވެ. އޭރު ލޯންޗުގައި 13 މީހަކު ތިބި ނަމަވެސް، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މި އެކްސިޑެންޓްގައި ޑިންގީއަށް ބޮޑެތި ގެއްލުންތަކެއްވެ، ޑިންގީގެ އިންޖީނުވަނީ އަޑިއަށް ގޮސްފައެވެ. މި އެކްސިޑެންޓްގައި ލޯންޗަށް ގެއްލުން ވެފައެއް ނުވެއެވެ.