ހަބަރު

ދިރާގުން އައިފޯން 6 އެސް، އައިފޯން 6 އެސް ޕްލަސްގެ ޕްރީއޯޑާ ނަގަން ފަށައިފި

ދިރާގުން އައިފޯން 6 އެސް އަދި އައިފޯން ސިކްސް އެސް ޕްލަސްގެ ޕްރީއޯޑަރު މިރޭ ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިރޭ 12 ޖަހާއިރު ޕްރީއޯޑަރު ނަގަން ފެށުމާއެކު، އޯޑަރު ދޭ ފަރާތްތަކަށް އައިފޯންއާއެކު އެ ކުންފުނިން ދޫކުރާ ޕެކޭޖުތައް ވެސް އެނގިގެންދާނެ ކަމަށެވެ.

"ވެބްސައިޓުންނާއި 123 އަށް ގުޅައިގެން، ކަސްޓަމާ ސާވިސް ސެންޓަރަށް ގޮސް ވެސް ޕްރީއޯޑަރު ނެގޭނެ،" މިރުޝާން ވިދާޅުވި އެވެ.

އައިފޯންގެ ޕްރީއޯޑަރު ދިރާގުން ނަގަން ފަށަނީ، އައިފޯންގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓާ އެންޑް ސްޓޮކިން "ސޮފްޓް ޓަޗް މޯލްޑިވްސް" އާ ގުޅިގެންނެވެ.

އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ރިފާއު ވިދާޅުވި ގޮތުގައި ދިރާގު މެދުވެރިކޮށް ޕްރީއޯޑަރު ނަގަން ފެށުމާއެކު، އައިފޯންގެ އަގުތައް ވެސް ހެޔޮވެގެންދާނެ ކަމަށެވެ. އެގޮތުން އައިފޯން 6 އެސް އަދި ސިކްސް އެސް ޕްލަސް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިފޯންގެ އަގުތައް ކަނޑައަޅާނީ ސީދާ އެޕަލް ކުންފުނިންނެވެ. އެގޮތުން އައިފޯންގެ ސޯލް ޑިސްރިބިއުޓާއަކަށް އެ ކުންފުނި ހަމަޖެހުމާއެކު އޮފިޝަލް ރީސެލާގެ ގޮތުގައި ވިޔަފާރިތައް ކަނޑައަޅާނެ ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ