ހަބަރު

އުރީދޫއިން ވެސް އައިފޯން 6 އެސް އާއި އައިޕޯން 6 އެސް ޕްލަސްގެ ޕްރީއޯޑާ ނަގަން ފަށައިފި

އުރީދޫ މޯލްޑިވްސްއިން އައިފޯން 6 އެސް އަދި އައިފޯން 6 އެސް ޕްރީއޯޑަރު ނަގަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން އައިފޯނުގެ އެންމެ ފަހުގެ ފޯނުތަކުގެ ޕްރީއޯޑަރު އޮންލައިންކޮށް ވެސް ނަގަމުން ގެންދާ ކަމަށެވެ.

"ފުލް ޕޭމަންޓް ދައްކާ ގޮތަށް އޯޑަރު ނަގަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި އައިފޯން 6 އަދި 6 ޕްލަސް ވިއްކަން ފަށަނީ އަންނަ އަންނަ ބުރާސްފަތި ދުވަހު އެވެ.

ރާއްޖޭގައި އައިފޯންގެ އެންމެ ފަހުގެ އުފެއްދުން ބާޒާރަށް ނެރޭއިރު، އެޕަލްއިން ވަނީ ރާއްޖޭގައި އައިފޯންގެ ސޯލްޑިސްޓްރިބިއުޓާ އެންޑް ސްޓޮކިން ކުންފުންޏެއް ހަމަޖައްސާފަ އެވެ. މި ރީޖަންގެ ގައުމުތަކަށްވެސް އެޕަލްގެ ފޯނުތައް ފޯރުކޮށްދިނުމުގެ ހުއްދައާއެކު ހަމައްސާފައިވަނީ ރާއްޖޭގެ "ސޮފްޓް ޓަޗް މޯލްޑިވްސް" އެވެ.