ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

އައިޝްވާރިޔާ އާއި ދަރިފުޅު ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jul 12, 2020

އައިޝްވާރިޔާ ރާއީ ބަޗަން އަދި އޭނާގެ ދަރިފުޅު އަރާދިޔާ ބަޗަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާދޭން ފަށައިފި އެވެ.

ރޭގެ ވަގުތެއްގައި އައިޝްވާރިޔާގެ ބަފައިބެ، މެގާސްޓާ އަމީތާބު ބަޗަން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އޭނާގެ ދަރިފުޅު އަދި އައިޝްވާރިޔާގެ ފިރިމީހާ އަބީޝެކް ބަޗަން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

އެ ގޭގައި ދެން ދިރިއުޅެނީ އަމީތާބުގެ އަންހެނުން ޖަޔާ ބަޗަންނެވެ. އޭނާގެ ނަތީޖާ މިހާތަނަށް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ގޭގައި ދިރިއުޅޭ މުވައްޒަފުން ވެސް ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. އަމީތާބުގެ ގެއަށް ކޮވިޑް ވަތް ގޮތެއް އަދި ސާފެއް ނުވެ އެވެ. ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެ ގޭގައި އަޅާފައިހުރި ކަމަށް ވެސްވެ އެވެ.

އުމުރުން 77 އަހަރުގެ އަމީތާބު ވަނީ މިދިޔަ 10 ދުވަސްތެރޭ އޭނާއާ ބައްދަލުވި އެންމެން ކޮވިޑަށް ޓެސްޓް ކުރުމަށްވެސް އެދިފަ އެވެ. އަދި އެ ގެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތުމަށްފަހު، ގިނަ ފިލްމުތަކުގެ ޝޫޓިންގް ވަނީ މިދިއަ މާޗު މަހުގެ ތެރޭގައި ފަށައިފަ އެވެ. ނަމަވެސް، އުމުރުން 65 އަހަރުން މަތީގެ އެކްޓަރުން ސެޓުތަކަށް ދިއުން ވަނީ މަނާކޮށްފަ އެވެ.