ހަބަރު

ވިލިމާލޭން ގިނަ އަދަދެއްގެ ޑްރަގު ފުލުހުން ހޯދައިފި

Jul 15, 2020
1

ވިލިމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، އެ ތަކެތި ހޯދާފައި ވަނީ މިދިއަ ހޯމަ ދުވަހު ވިލިމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުން އެރަށު ފުޓްބޯޅަ ދަނޑުގެ ސަރަޙައްދެއް ބަލައި ފާސް ކުރިއިރު އެ ސަރަޙައްދުން ކަމަށެވެ.

އެގޮތުން، އެ ސަރަހައްދު ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 60 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެކަމުގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.