ހަބަރު

ގެވެށި އަނިޔާ އާ ދެކޮޅަށް "ގެވެށި ގުޅުން" ކެމްޕެއިން ލޯންޗުކޮށްފި

Jul 15, 2020
1

ގެވެށި އަނިޔާ އާ ދެކޮޅަށް، "ގެވެށި ގުޅުން" ނަމުގައި ބޮޑު ކެމްޕެއިނެއް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓްރީން ލޯންޗުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވާޗުއަލް ކޮށް ފެށި މި ކެމްޕެއިނަކީ ތިން މަހަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދަވަމުން މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ އާދަޔާ ހިލާފަށް ރިޕޯޓު ކުރެވެމުން ދާ އަނިޔާގެ މައްސަލަތަކަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ކެމްޕެއިންގެ މަގްސަދަކީވެސް މި ވާހަކަ ދައްކާ މަޝްވާރާ ކޮށް ވާހަކަދައްކާނެ ޕްލެޓްފޯމެއް ހޯދުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމުގައި ފިރިހެނުން އިސް ރޯލެއް އަދާ ކުރާ ކަމަށެވެ. އެކަން ހުއްޓުވޭނީވެސް ފިރިހެނުންގެ ބައިވެރިވުމާއެކު ކަމަށެވެ.

މްޕެއިންގެ މަގުސަދަކީ ހަމައެކަނި ގެވެށި އަނިޔާގެ މައްސަލަތައް ރިކޯޑުކުރާ މިންވަރު ބެލުން އެކަނި ނޫން ކަމަށާއި އޭގެ ސަބަބުން އާއިލާގެ ގުޅުންތައް ރަނގަޅުވުމަކީވެސް އަމާޒެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވަނީ ގެވެށި އަނިޔާއާ ދެކޮޅަށް ހާއްސަ ލަވައެއްވެސް ރިލީޒްކޮށްފަ އެވެ. އެ ލަވަ ކިޔާފައިވަނީ ޝަލަބީ އިބްރާހީމް އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ.