ހަބަރު

މިމަހުގެ 29 ވަނަ ދުވަހު ބެންކުތައް ހުޅުވާނެ

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދު ކުރި ނަމަވެސް މިމަހުގެ 29 ވަނަ ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ މިއަހަރުގެ އަޟްހާ އީދާއި މިނިވަންދުވަހާއި ގުޅިގެން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާއި ހަމަޔަށް ސަރުކާރު ބަންދުކުރި ނަމަވެސް އެ އޮތޯރިޓި އާއި ބޭންކްތައް މިމަހުގެ 29 ވަނަ ދުވަހު ހުޅުވާނެ ކަމަށެވެ.

އެގޮތުން ބޭންކިން ހިދުމަތް ދެވޭނެ ގަޑިތަކަކީ ހެނދުނު 8:30 އިން 2:00 ކަމަށެވެ. އަދި މި ގަޑިތަކުގައި ސިޓީ އާއި ތަކެތި ބަލައިގަންނާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ.