ހަބަރު

ޓްރީ ޓޮޕްގެ ފުރަތަމަ ކެޓެރެކްޓް ސާޖަރީ ކާމިޔާބު

Jul 19, 2020
1

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފުރަތަމަ ކެޓެރެކްޓް ސާޖަރީ ކާމިޔާބު ކަމާއެކީ ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ތަޖުރިބާކާރު އޮޕްތަލްމޮލޮޖީ ޑިޕާޓްމާންޓުން މި ސާޖަރީ ކޮށްފައި ވަނީ މިދިއަ އަންގާރަ ދުވަހު އުމުރުން 66 އަހަރުގެ މީހެއްގެ ކަމަށެވެ.

ކެޓަރެކްޓަކީ އާއްމުކޮށް އުމުރުން ދުވަސްވުމާއި، އަދި ލޮލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ނުވަތަ ގްލޮކޯމާ ބަލީގެ ސަބަބުން ވެސް ލޮލަށް ޖެހިދާނެ ބައްޔެކެވެ. މި ބަލީގެ ސަބަބުން ލޯ ފުސްވެ، ލޮލަށް ފެނުމަށް ބަދަލު އާދެ އެވެ.

ކާމިޔާބު މި ސާޖަރީ ހެދުމުގައި ހަރަކާތްތެރިވެފައި ވަނީ ލޮލުގެ ހާއްސަ ޑޮކްޓަރު ޑރ. އަދީތިޔާ ރެގޭގެ ދަށުން ތަޖުރިބާކާރު ހޭނައްތާ ޑޮކްޓަރުންނާއި އޮޕަރޭޝަނަށް ހާއްސަ ނަރުހުންގެ ޓީމެކެވެ.

ޑރ. ރެގޭ އަކީ ކޮމްޕލިކޭޓަޑް ކެޓެރެކްޓް ސާޖަރީގެ އިތުރުން، ޓަރިޖީއަމް ސާޖަރީ، ފަކައިމޮލްސިފިކިޝޭން، ކަލޭޒިއަން ސާޖަރީ، ހަކުރު ބަލީގެ ސަބަބުން ދިމާވާ ލޮލުގެ ބަލިތަކަށް އަދި ގްލޮކޯމާ ބަލިތަކަށް ހާއްސަ ތަމްރީން ލިބިފައިވާ ތަޖުރިބާކާރު ކޮންސަލްޓަންޓަންޓެކެވެ.

ތަޖުރިބާކާރު އަދި އެންމެ ޒަމާނީ ތަމްރީން ލިބިފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮޕްތަލްމޮލޮޖީ ޑިޕާޓްމަންޓުން ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށް ދިމާވާ ލޮލުގެ ގިނަ މައްސަލަތަކަށް ފަރުވާ ކޮށްދެ އެވެ.