overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އަބްދުﷲ ޖާބިރު

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނަން: ޖާބިރު

އަންނަ ރިޔާސީ އިންތިހާބުގައި ޑިއާރުޕީން ވާދަކުރާނެ ކަމަށާއި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ޖާބިރު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްވެސް މެންބަރަކު ބަހުސެއް ނުކުރެއްވި އެވެ. ދެން ގަރާރުގެ ފަހު ބަސް ވިދާޅުވާން ޖާބިރަށް ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓިއާއި ސަރުކާރު އެމްޑީޕީއަށް ލިބިފައި އޮތުމުން ވަގުތު ފާއިތުވުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ވިސްނައިދިނުމަށް ގަރާރެއް ހުށަހެޅުއްވީ ކަމަށެވެ. މިހާރު މި އޮތް ކައުންސިލްތަކުގެ އޮނިގަނޑަކީ ހަރަދުބޮޑު މާ ކުރީގެ އޮނިގަނޑެއް ކަމަށް ވިދާޅުވި އެވެ.

މިހާރު ކައުންސިލްތަކުގެ އޮނިގަނޑު އުވާލާފައި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް ވިސްނުން ގެންނަވަން އެމްޑީޕީގެ މެންބަރުން ފަންނީ ބަހުސެއް ތަޅުމުގައި ނުކުރެއްވުމުން ހިތާމަ ކުރައްވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ މި ގޮތަށް ދާނަމަ ދިވެހި ރައްޔިތުން ދެން ފުރުސަތު ނުދޭނެ ކަމަށެވެ. އެމްޑީޕީ ފެއިލްވެފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ޑީއާރުޕީގެ ވެރިކަމެއްގައި ހަމަ ގައިމު ވެސް މި އޮނިގަނޑަކަށް ލާމަރުކަޒީ ނިޒާމު ނޯންނާނެ، ކައުންސިލްތަކެއް ނޯންނާނެ، 2023 ވަނަ އަހަރު ޑީއާރުޕީން ވެރިކަމަށް އަޅުގަނޑު ކުރިމަތިލާނަން، އެމްޑީޕީ ބޮޑު ތަނުން ބަލިކޮށްލާނަން، ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިގެން އައި މިސާލުން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، ޑީއާރުޕީގެ ސަރުކާރު ހިންގާނީ މިހާރު ހިންގަމުންދާ ގޮތަށް ހަރަދު ބޮޑު މަތިބަރު ގޮތަކަށް ނޫން ކަމަށެވެ. ސިޔާސީ މަގާމުތައް ގިނަ ނުކުރާނެ ކަމަށާއި ހަރަދު ބޮޑު އޮނިގަނޑުތައް ބަދަލުކޮށް ރައްޔިތުންނަށް ހެޔޮ ފާގަތިކަން ލިބޭނެ ގޮތަކަށް ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުން ކުރަމުން އަންނަ ގޮތް ރައްޔިތުން މިދަނީ ބަލަމުން، ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ވެސް އަޅުގަނޑު ނަސޭހަތް ދެން، މި އެމްޑީޕީގެ ބޭފުޅުންނަށް ދެން އެއްވެސް ގޮނޑިއެއް ދޭނެ ކަމެއް،" ގަރާރަށް އެމްޑީޕީގެ މެންބަރުން ބަހުސް ނުކުރެއްވުމުން ނުރުހުން ފާޅުކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވި އެވެ. ނަމަވެސް ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަކުރާނެ ފުރުސަތެއް ހޯދަން ސުޕްރީމް ކޯޓަށް ޖާބިރު ވަޑައިގެންނެވި އެވެ. އެއީ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ކުރިމަތިނުލުވޭނެ ކަމަށް އޭރު ގާނޫނުގައި އޮންނާތީ އެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރީ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި ގާނޫނު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. ދެން ކާށިދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް ބަލިކޮށް ޖާބިރު ކާމިޔާބު ކުރެއްވި އެވެ.