މޫސުން

އުތުރަށް މޫސުން ވަރަށް ގޯސް

އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ ހއ އިން ފެށިގެން ބ އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި އަތޮޅުތަކަށް ލެޔޯ އެލާޓް ނެރެފައިވަނީ މިރޭ 8:30 ގެ ނިޔަލަށެވެ.

މީގެ އިތުރުން މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ އުދަ އެރުން އެކަށީގެންވާތީ ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުސް ނަކަތެ. މި ނަކަތް ޖުލައި 15 ވަނަ ދުވަހުން ފެށިގެން 28 ޖުލައިގެ ނިޔަލަށް ދެމިގެންދާނެ އެވެ. ހުޅަނގުގެ އަށް ވަނަ މި ނަތަކަތަކީ އުޑަމަތީގައި ފުސް ވިލާ ގިނަ، ވާރޭ ބޯ ނަކަތެކެވެ. ގިނަ ވަގުތުތަކުގައި ވައި ހުންނާނީ ހުޅަނގާއި ހުޅަނގު އުތުތުގަަ އވެެ، އެވެ. އަދި ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭއިރު ބޯވާރެއާއެކު 88،6 މިލިމީޓަރުގެ ވާރޭ ވެހޭނެ އެވެ.

މި ނަކަތާއެކު އަންނަ ވިއްސާރަ، މި މޫސުމުގެ ނުވަ ވަނަ ނަކަތް ކަމަށްވާ އަހުލިހަ އާއި ދިވަނަ ނަކަތް، މާ އިން ނެއްޓި ފުރަ ނަތަކުގެ މެދާ ހަމައަށް ދެމިގެން ދާނެ އެވެ. އަހުލިހަ އާއި މާ ނަކަތުގައި ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.