މޫސުން

އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ގިނަ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ބުނީ މިރޭ 7:00 ހަމައަށް އެ އަތޮޅުތަކުގެ ގިނަ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ފ އަތޮޅުން ފެށިގެން ލ އަތޮޅަށްވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުސް ނަކަތެ. މި ނަކަތް ޖުލައި 15 ވަނަ ދުވަހުން ފެށިގެން 28 ޖުލައިގެ ނިޔަލަށް ދެމިގެންދާނެ އެވެ. ހުޅަނގުގެ އަށް ވަނަ މި ނަތަކަތަކީ އުޑަމަތީގައި ފުސް ވިލާ ގިނަ، ވާރޭ ބޯ ނަކަތެކެވެ. ގިނަ ވަގުތުތަކުގައި ވައި ހުންނާނީ ހުޅަނގާއި ހުޅަނގު އުތުތުގަަ އވެެ، އެވެ. އަދި ގަޑިއަކު 20.37 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭއިރު ބޯވާރެއާއެކު 88،6 މިލިމީޓަރުގެ ވާރޭ ވެހޭނެ އެވެ.

މި ނަކަތާއެކު އަންނަ ވިއްސާރަ، މި މޫސުމުގެ ނުވަ ވަނަ ނަކަތް ކަމަށްވާ އަހުލިހަ އާއި ދިވަނަ ނަކަތް، މާ އިން ނެއްޓި ފުރަ ނަތަކުގެ މެދާ ހަމައަށް ދެމިގެން ދާނެ އެވެ. އަހުލިހަ އާއި މާ ނަކަތުގައި ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.