އުރީދޫ

މިނިވަން ދުވަހާއި އީދަށް އުރީދޫގެ އޮފާތަކެއް

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާއި އަޟްޙާ އީދުގެ މުނާސަބަތުގައި، އުރީދޫއިން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫން މިއަދު ބުނީ މި އޮފާތައް ނެރެފައި ވަނީ މިނިވަން ދުވަހާއި އަޟްޚާ އީދާއި ގުޅިގެން ލިބޭ ބަންދުގައި، ގޭގައި ތިބެގެންވެސް ދުރުގައިތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް މަގުފަހިކޮށް ދިނުމަށް ކަމަށެވެ.

ޢީދު ކޮމްބޯ ޕެކް

އީދުގެ ޗުއްޓީ ތެރޭގައި އާއިލާ އަދި އެކުވެރިންނާ ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކޮށްފައިވާ ޢީދު ކޮމްބޯ ޕެކްގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލް އެވެ. 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް #1*929* އަށް ގުޅުމުން ނޫނީ ED 35 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ވާނެ ކަަމަށް އެ ކުންފުނިން ބުންޏެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ

އުރީދޫގެ މަގޭ ޕްލޭން އަށް ހާއްސަ މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް 3 ދުވަހަށް 3 ޖީބީ ޑޭޓާ 75 ރުފިޔާ އަށް ލިބޭނެ އެވެ. މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމަށް އެޕްގެ ސެލްފް ކެއާ ސެކްޝަންއިން ރިކޮމެންޑެޑް ޕެކޭޖެއް ނެގުމަށްފަހު އަމިއްލަ ނަންބަރަށް އެކްޓިވޭޓް ކުރުމަށް FOR MYSELF ޓެބް ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ހިޔާރު ކުރަން ޖެހޭނެ އެވެ.

"މި އަހަރުގެ މިނިވަން ދުވަހާއި އަޟްޙާ ޢީދު ގެ މުނާސަބަތުގައި މި ލިބޭ ބޮޑު ޗުއްޓީ ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ހިއްސާކުރުމަށް ކުޑަ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެން މި ތައާރަފްކުރި އޮފާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން" އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ކުންފުނީގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާތައް އަންނަ މަހު 3 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.