ހަބަރު

އޮޑިޓް ރިޕޯޓަށް ވަނީ ނުފޫޒު ފޯރުވާފައި: ދީބާޖާ

Jul 26, 2020
2

ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑްއަށް 174 މިލިއަން ރުފިޔާގެ ބަދަލު ދިނުމަށް ކޯޓުން ބޭރުން އެއްބަސްވެފައި ވަނިކޮށް، އެ ބަދަލު ނުދޭން އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު އެންގެވުމުން ދީބާޖާ އިން އެކަން ކުށްވެރިކޮށް ޒިޔަތައް ތުހުމަތުތަކެއް ކޮށްފި އެވެ.

ސަރުކާރާއި ދީބާޖާ ދެމެދު 2010 ވަނަ އަހަރު ހެދި އެއްބަސްވުމެއް 2013 ވަނަ އަހަރު ބާތިލު ކުރި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތައް އަންގައިފަ އެވެ. އެހެން ނަމަވެސް ފަހުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ނިންމާ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ދީބާޖާއެކު އެއްބަސްވެފަ އެވެ.

އެހެން ނަމަވެސް އެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން އޮޑިޓާ ޖެނަރަލް ވަނީ ދީބާޖާއަށް ބަދަލު ދޭން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލާގައި ދީބާޖާއިން މިއަދު ނެރުނު 15 ސަފުހާގެ ބަޔާނުގައި ބުނީ އެ ކުންފުންޏާއެކު ކޯޓުން ބޭރުން ކުރި މަޝްވަރާގައި އެއްބަސްވެވުނު ގޮތައް އަމަލު ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ދައުލަތުގެ ބަންޑާރަނައިބަށް އެންގުމުން ނޮވެމްބަރު 26، 2019 ގައި ދީބާޖާއަށް ސެޓަލްމަންޓު އެގްރީމަންޓެއް ފޮނުވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ހުށަހެޅުން ޝަރުތަކާ ނުލައި ދީބާޖާއިން ގަބޫލު ކުރުމުން މިހާރު ދީބާޖާ އާއި ދިވެހި ސަރުކާރާ ދެމެދު ކޮންޓްރެކްޓާބެހޭ ގާނޫނުގައި ބުނާ ފަދަ ސައްހަ އެއްބަސްވުމެއް އެބައޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެން ނަމަވެސް ކުއްލިއަކަށް މައްސަލަ މަޖިލީހަށް ހުށަހަޅާ، މަޖިލީހުގެ ބާރު ބޭނުންކޮށްގެން ބަންޑާރަ ނައިބާ ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ޒިންމާއަށް ނުފޫޒު ފޯރުވޭ ފަދަ އަމަލެއްކޮށް، ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކުރުމަށް ވަނީ ހުށަހެޅި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"...މަޖިލީހުގެ އެންގުމާ ނުފޫޒަށް އޮޑިޓާ ޖެނަރަލް ތައްޔާރު ކުރި ދީބާޖާ އަށް ބަދަލު ދިނުމާ ގުޅޭ ރިޕޯޓު ނެރުނީ މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނައިބު ހުށަހެޅުއްވިތާ އެތައް ދުވަހެއް ފަހުން. މައްސަަލާގައި ދީބާޖާގެ ފަރާތުން ލިޔުމުން ޖަވާބުދާރީވީ ފަހުން. އެހެންކަމުން އޮޑިޓާ ޖެނަރަލް ނެރުނު ރިޕޯޓަކީ ނުފޫޒު ފޯރުވާފައިވާ އަގަލެއް ހަގީގަތެއް ނެތް ރިޕޯޓެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދީބާޖާއެކު ސަރުކާރުން ފެބްރުއަރީ 1، 2010 ގައި ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން 15 ހެކްޓަރުގެ ބިމުގެ ބަދަލުގައި 30 ހެކްޓަރުގެ ބިން ނުވަތަ އެއަށް ވުރެ ބޮޑުބިމެއް ދީބާޖާއަށް ދީފައި ވަނީ ދައުލަތައް ގެއްލުން ނުވާ ގޮތައް އަދި ކަރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމަށް ބުނެ، އޮޑިޓް ރިޕޯޓުގައި ދައްކާފައި ވަނީ ވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ކުޑަކުރަތު ދީބާޖާއަށް ދީފައި ވަނީ 50 އަހަރަށް ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން ވެސް ޒިޔަތު ކޮމިޓީގައި ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތައް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މުޅި ވާހަކަ އޮތީ ވަކި ފަރާތަކަށް ޖެހިފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލާގައި ރައްޔިތުން މަޖިލީހުން ވެސް އަމަލު ކުރަނީ ތަފާތުކޮށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މާލިއްޔަތު ކޮމިޓީގައި އެކަމާ ގުޅޭ ގޮތުން މަސައްކަތް ކުރުމަކީ ވެސް ސުޕްރީމް ކޯޓުގެ ހުކުމަށް ނުފޫޒު ފޯރުވުން ކަމަށް ވެސް ދީބާޖާއިން ތުހުމަަތު ކުރި އެވެ. އޭގެ އިތުރުން