ހަބަރު

މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ބިލު އަލުން ގައުމީ ސަލާމަތުގެ ކޮމިޓީއަށް

Oct 5, 2015

މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި އެވެ. 

މާފުދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ޤާނޫނަށް އަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު އަނބުރާ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވަން ފާސް ކުރީ 51 މެންބަރުންގެ އިއްތިފާގުންނެވެ. 

މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލަކީ، މަޖިލީހުން ފާސްކޮށް ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީގކުރަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުމުން، އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި ވާހަކަފުޅު ދެއްކެވީ ހަތަރު މެންބަރުންނެވެ.