ހަބަރު

ނަޝީދު މިނިވަންކޮށް ބަދަލު ދޭން ޖެހޭނެ: ވޯކިން ގްރޫޕް

Oct 5, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތުން ދޫކޮށްލައި ޖަލުގައި ހުންނަވަންޖެހި ވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ސަރުކާރަށް ގޮވާލައިފި އެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ނެރުނު ނަޝީދުގެ މައްސަލައިގެ ރިޕޯޓްގައި ބުނަނީ އެ ގްރޫޕުން ބެލި ހުރިހާ ކަމަކަށް ނަޒަރު ކުރާއިރު އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ވަގުތުން ދޫކޮށްލުން ކަމަށެވެ. އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުން ރައީސް ނަޝީދަށް ބަދަލު ނަގައިދިނުން ކަމަށެވެ. އެކަމަށް ލާޒިމު ކުރާ ކަމަށާއި ރައީސް ނަޝީދު ޖަލަށްލާފައި ވަނީ ނުހައްގުން ކަމަށެވެ.

އަދި ބުނެފައި ރައީސް ނަޝީދު ހައްޔަރުކޮށްފައި ވަނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 9، 10، 11، 19، 20، އަދި 21 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

މި ރިޕޯޓް އެއްކޮށް މިއަދު އާންމު ކުރި އިރު މީގެ ކުރިން ގްރޫޕްގެ ނިންމުން އާންމު ކުރުމާއެކުސަރުކާރުން ބުނެފައި ވަނީ އެ ނިންމުން ބަލައި ނުގަންނަ ކަމަށެވެ.