ދުނިޔެ

އިޒްރޭލުން ފަލަސްތީނުގެ ކުޑަ ކުއްޖަކާއި ޒުވާނަކު މަރާލައިފި

Oct 5, 2015

އިޒްރޭލުން މިއަދު ބަޑިޖަހާ މަރާލީ ތޭރަ އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުއްޖާ މަރާލީ ރެފިއުޖީ ކޭމްޕެއް ކައިރީގައި ހިނގި ހަމަނުޖެހުމެއްގައެވެ.

ރޭ ވެސްޓް ބޭންކުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭން އިޒްރޭލު ސިފައިން ވަނީ އަށާރަ އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފައެވެ.

ފަލަސްތީނުގެ ބަޔަކު ހަމަލާދީ އިޒްރޭލުގެ ހަތަރު މީހަކު މަރާލައި ދެ އަހަރުގެ ކުއްޖަކު ޒަހަމް ކޮއްލި ހާދިސާއަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނުގެ ގާ އުކާ ޒުވާނުންނާ ހަރުކަށި ކަމާއެކު ކުރިމަތިލާން ފަށާފައެވެ. އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންނާ ފަލަސްތީނުގެ ޒުވާނުންނާ ދެމެދުވެސް ހަމަނުޖެހުން ދަނީ އިރުރު ވަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނުގެ ހަމަލާތަކާ ދެކޮޅަށް މަރުވަންދެން ތަޅާފޮޅާނެ ކަމަށެވެ. އަދި މިއާއެކު އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ސިފައިންގެ ހަރަކާތްތަށް ވަނީ ވަރަށް ބޮޑަށް އިތުރުކޮއްފައެވެ. މިގޮތުން ގުދުސް އަށް ވަނުމުގެ ހުއްދަ އިޒްރޭލުން ދެނީ ހަމައެކަނި މުސްކުޅިންނަށާއި، ކުދަކުދިންނަށާއި އަންހެނުންނަށެވެ.  އަދި "ޓެރަރިސްޓުންގެ" ގެދޮރު ބިމާ ހަމަކުރާނެ ކަމުގެ އިންޒާރުވެސް ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ޒުވާނުންނާ ދެމެދު ހިނގަމުންދާ ހަމަ ނުޖެހުންތައް އިތުރަށް ހޫނު ވާނަމަ، ފަލަސްތީނުގެ ތިންވަނަ އިންތިފާލޯ ފެށިދާނެ ކަމުގެ ބިރު އެބަ އޮތެވެ.