ހަބަރު

އައްޑު އަތޮޅުގައި އެކްސިޑެންޓެއްވެ މީހަކު ޒަހަމްވެއްޖެ

Oct 6, 2015

ސ. މަރަދޫ ފޭދޫ އާއި ފޭދޫ ގުޅޭ ކޯޒްވޭ ގައި ބާރަށް ދުއްވި ދެ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ރޭގެ އެކްސިޑެންޓް ހިނގާފައިވަނީ ކޯޒްވޭގެ ފޭދޫއާ ވީ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލް އަނެއް ސައިކަލްގައި ޖެހިގެނެވެ.

އެކްސިޑެންޓްގައި އަނިޔާވީ ފޭދޫ ކޮޅުން ދުއްވި ސައިކަލްގައި އިން މީހާއަށެވެ. އޭނާގެ ފަޔަށް ވަރަށް ބޮޑަށް ޒަހަމްވި އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ގެންދަނީ އޭނާއަށް ފަރުވާ ދެމުންނެވެ.