ވިޔަފާރި

ރެޑިސަން ބްލޫ ރާއްޖޭގެ ރިސޯޓް ހުޅުވައިފި

Aug 2, 2020

ރެޑިސަން ބްލޫ ބްރޭންޑުގެ ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވައި، ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި އެވެ.

އދ. އަތޮޅު ހުރުވަޅީގައި އެމެރިކާގެ ރެޑިސަން ބްލޫ ކުންފުނިން ހުޅުވި މި ރިސޯޓަކީ "ރެޑިސަން ބްލޫ" ގްރޫޕުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. ވެލާނާ އިންޓަނޭޝަނަލް އިން ފުރައިގެން 30 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި 128 ވިލާ ހުރެ އެވެ.

ރެޑިސަން ބްލޫގެ ފުރަތަމަ ރިސޯޓް ހުޅުވުމާއެކު ފުރަތަމަ ޓޫރިސްޓު އެ ރިސޯޓަށް އިއްޔެ ގެންގޮސްފައިވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭންގަ އެވެ.

ރާއްޖޭގައި މި ދިޔަ އަހަރު އަލަށް 18 ރިސޯޓެއް ހުޅުވި އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު ވަނީ 50،000 އަށްވުރެ އިތުރުވެފަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިހާރު ހިންގަމުން ދަނީ ރާއްޖޭގެ 150 ރިސޯޓުގެ ތެރެއިން 60 ރިސޯޓެވެ. މި ރިސޯޓުތަކުގެ ވެސް ހިންގަމުން ގެންދަނީ މަދު އެނދެކެވެ.