ހަބަރު

ބަދަލަށް ފަސް މިލިޔަން ހޯއްދަވަން އަބްދުﷲ ގާޒީ ދައުވާ ކުރައްވައިފި

Oct 6, 2015

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައްޔަރުކޮށް ގިރިފުށީގައި 21 ދުވަހ ބެހެއްޓުމުގެ ސަބަބުން ލިބި ވަޑައިގެންނެވި ގެއްލުމުގެ ބަދަލަށް ފަސް މިލިއަން ރުފިޔާ ހޯދަން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިލްވިލް ކޯޓްގައި ދައުވާ ކުރައްވައިފި އެވެ.

މި މައްސަލައިގައި އަޑު އެހުމެއް މިއަދު ސިވިލް ކޯޓްގައި ބާއްވާ ކަމަށް ވެއެވެ. ނަމަވެސް ތަފުސީލެއް އަދިއެއް ނުލިބެ އެވެ.

ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ ކުށް ސާބިތުވެ ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަން ޖަލުގަ އެވެ.