ހަބަރު

ލޯންޗުގައި ހިނގި ހާދިސާގެ އެންމެހާ ކަންކަން މިދަނީ ބަލަމުން: އިންކްއަރީ ކޮމިޝަން

Oct 7, 2015

ރައީސްލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ދަތުރު ކުރެއްވި ލޯންޗުކޮޅުގައި ހިނގި ހާދިސާގެ އެންމެހާ ކަންކަން ބަލަމުންދާ ކަމަށާއި މިވަގުތައް ރައްޔިތުންނަށް ހިއްސާ ކުރަން ޖެހޭ ވީޑިއޯ ކްލިޕެއް އެ ކޮމިޝަނުން އާންމުކޮށްފި އެވެ. 

އެ ވީޑިއޯ ކްލިޕަކީ ލޯނޗްކޮޅުގައި އިތްޒުއްދީނު ފާލަމާ ކައިރި ކުރި ވަގުތު އޭގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވައިގެން ދާ މަންޒަރު ފެންނަ ވީީޑިއޯ އެކެވެ. 

މި ރޭ 12:30 އަށްވުރެ ވެސް  ބޮޑުވީފަހުން ކުއްލި ގޮތަކަށް ރައީސް އޮފީހަށް ނޫސްވެރިން އެއްކޮށް ކޮމިޝަންގެ ޕްރެސް ސްޓޭޓްމެންޓެއް އާންމު ކޮށް ދެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އެވެ. މިރޭގެ ނެރުނު ސްޓޭޓްމެންޓްގައި އެއްވެސް ތަފުސީލެއް ހާދިސާއާ ގުޅޭ ގޮތުން، އަދި ތަހުގީގި ޓީމްތަކުގެއެއްވެސް ހޯދުމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި ނޫސްވެރިން ސްޓޭޓްމަންޓާބެހޭ ގޮތުން ސުވާލު ކުރުމުގެ  ފުުރުސަތެއް ވެސް ނުދެ އެވެ. 

"28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު މާލެ ވަޑައިގެންނެވި ދަތުރުފުޅުގައި ދަތުރު ކުރެއްވި ރިޔާސީ ލޯންޗު ކޮޅު "ފިނިފެންމާ" ގައި ހިނގައި ދިޔަ ހާދިސާއާ ގުޅިގެން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި ހާދިސާ ފުރިހަމައަށް އަދި މުސްތަގިއްލު ގޮތުގައި ތަހުގީގު ކުރުމަށާއި ކުރިޔަށް އޮތްތާނގައި މިފަދަ ހާދިސާއެއް ހިނގިޔަ ނުދީ ކަންކަން ރަވައި ހިންގުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަނުން މި ހާދިސާ ހިނގާފައިވާ ގޮތް ބެލުމަށް ކުރަން ޖެހޭ އެންމެ ކަންކަން ކުރަމުން ގެންދާ ވާހަކަ ދަންނަވަން، ދިވެހި ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ. މި މަަސައްކަތް ކުރިޔަށް ދާއިރު ރައްޔިތުންނާ ހިއްސާ ކުރެވެން ހުރި މައުލޫމާުތައް ހިއްސާ ކުރާނެ އެވެ. މިގޮތުން މި ވަގުތައް ރައްޔިތުންނާ ހިއްސާ ކުރުމަށް މުހިންމު ކަމަށް މި ކޮމޝަން ފެނަން ވީޑީއޯ ކްލިޕެއ މި ސްޓޭޓްމެންޓާއެކު ނެރެމެވެ"

ކޮމިޝަނުން މި ރޭގެ ދަންވަރުގައި ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ސްޓޭޓްމަންޓެއް ދިން އިރު ރައީސްގެ ލޯންޗްކޮޅު"ފިނިފެންމާ" ގައި ގޮވި ގޮވުމަކީ ކުރިން ރާވައިގެން ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާގެ ތަހުގީގުގައި ބައިވެރިވި ލަންކާގެ ތަޖުރިބާކާރުންނާ ހަވާލާދީ އެ ސްރީލަންކާގެ ޑެއިލީ މިރާ އިން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު މާލެ ވަޑައިގަތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހެނދުނު އެވެ.

މާލެ ވަޑައިގެންނެވި ވަގުތު ލޯންޗުގައި ހިނގި މި ހާދިސާ އަކީ އިންޖީނުގެ މައްސަލައަކުން ނުވަތަ ޓެކްނިކަލް މައްސަލަ އަކުން ދިމާވި ކަމެއް ނޫން ކަމަށް ރާއްޖެ އާއި އެ ގައުުގެސީއައިޑީ  އޮފިސަރުންނާ ބުނާއިރު އެނޫހުގައި ބުނަނީ ރިޔާސީ ލޯންޗް ކޮޅުައި ގޮވި އެތި ހަރުކޮށްފައި ވަނީ ލޯންޗުގެ ކެޕްޓަން އިންނަ ދިމާލުގެ ތިރިން ވީއައިޕީ ކެބިންގެ ތެރޭގައި ކަމަށާއި މި މައުލޫމާތު ދިވެހި ސަރުކާރާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑުން މަސްއޫލިއްޔަތުން އެކަހެރިކޮށްފައި ވެއެވެ.  ހާދިސާއަށް ފަހު ރޭ ހައްޔަރުކޮށްފައި ވަނީ އެމްއެންޑީއެފްގެ ބަޑި ގުދަނުގައި މަސައްކަތް ކުރާ އއ. ފެރިދޫ، ދޭލިއާގޭ މުހައްމަދު ޖަވާޒާއި ނަމަކަށް ސިފައިންގެ މީހެކެވެ. ހައްޔަރު ކުރި ސިފައިންގެ ދެ ވަނަ މީހަކީ ސާޖަންޓް މޫސާ ޒަމީރެވެ. ތިން ވަނަ މީހާއަކީ ކާކު ކަމެއް ސާފެއް ނުވެއެވެ.