ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުސޫލާ ހިލާފަށް މީހުން ފައިބާނަމަ ކެޕްޓަނު ޖޫރިމަނާ ކުރަނީ

Aug 6, 2020
4

އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރުން، މާލޭ ސިޓީ ކައުންސިލުގެ އުސޫލްތަކާއި ހިލާފަށް މީހުން މާލެއަށް މީހުން ފައިބައިފިނަމަ އެ އުޅަނދެއްގެ ކެޕްޓަނު ޖޫރިމަނާ ކުރަން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭ، އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރާނެ އުސޫލެއް ސިޓީކައުންސިލުން ނެރެފައިވާ ކަމަށާއި އެއާ ހިލާފަށް މީހުން ފައިބާ ނަމަ ކެޕްޓަނު ޖޫރިމަނާ ކުރާނެ ކަމަށެވެ.

ނަމަވެސް ޖޫރިމަނާ ކުރާނެ އަދަދު ހާމައެއް ނުކުރައްވަ އެވެ. މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރާނެ ތަންތަން ކަނޑައަޅައި އާންމުކޮށްފައި ވެއެވެ.