ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް: ފުލުހުންގެ އެކްޓިވް 56 ކޭސް

ކޮވިޑް-19 އަށް 93 ފުލުހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާރު އެކްޓިވް ކޭސް ތަކުގެ ގޮތުގައި 56 މީހަކު ހިމެނޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިއަދު ވިދާޅުވީ، ފުލުހުންގެ ތެރޭ ހިމެނޭ ކޮވިޑް ކޭސްތަކުގެ އަދަދު 93 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާރު ބަލީގައި ތިބީ 56 މީހެއް ކަމަށާއި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރުންގެ އިތުރުން އެ އިދާރީ މުވައްޒަފުން ވެސް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ބަލި ފެތުރުނު ކަމުގައި ވިޔަސް އެހީ އާއި ހިދުމަތް ބޭނުންވާ ކަންކަމުގައި ފުލުހުންގެ ލީޑަޝިޕް ދައްކާނެ ކަމަށެވެ.

މި މަހުގެ ފުރަތަމަ ދުވަހު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީި، ޕޮސިޓިވްވި ފުލުހުންގެ އަދަދު 67 ގައި ހުުރި ކަމަށެވެ. އަދި މި ދުވަސްވަރަކީ ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ދުވަސްވަރެއް ކަމަށާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ވެސް ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރި، ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4,594 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،869 މީހަކު ތިބި އިރު އަށް މީހަކަށް އައިސީޔޫގައި އަދި އެކަކު ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ. މި ބަލީގައި 19 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.