މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުގެ ހާލުގައި ހުރި ފުލުހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލުގައި ހުރި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މަސްތުގެ ހާލުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ކ. ކާށިދޫއިން ފުލުހުންގެ ބެލުމުގެ ދަށައް މީހަކު ގެނެސްފައިވާ ކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރު ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސް ޔޫރިން ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައި،" ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ފުލުސް މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

ފުލުހުން ބުނީ ހައްޔަރުުކުރި ފުލުސް މީހާއަކީ ޗުއްޓީއެއްގައި ކާށިދޫއަށް ގޮސްގެން އުޅޭ މީހެއް ކަމަށާ އޭނާ އަކީ އެހެން ރަށެއްގައި ޑިއުޓީ ކުރަމުންދާ މީހެއް ކަމަށެވެ.

"މި މައްސަލަ މިދަނީ ތަހުގީގު ކުރަމުން،"