ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަފާރީތަކުން ފުރާ ޓޫރިސްޓުންގެ ޓެސްޓް ހެދޭނެގޮތް ހަމަޖައްސައިފި

ސަފާރީތަކުން ފުރާ ޓޫރިސްޓުންގެ ޓެސްޓް ހެދޭނެގޮތް ހަމަޖައްސައިފި އެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުގައި ބޯޓިން ސިނާއަތުގެ މަސްލަހަތުވެރިން ސަލާމަތީ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރު ޓެސްޓް ހެދުމާއި ގޮތުން އާންމުކޮށްފައިވާ ސާކިއުލާއާއި ގުޅިގެން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސަފާރީ އުޅަނދު ފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އިއްޔެއިން ފެށިގެން އެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެޗްޑީސީގެ އިތުރުން އެޗްޕީއޭއާއި ފުލުހުންގެ އެހީތެރިކަން ލިބިގެންނެވެ.

އެންބީއޭއެމްއިން ސާމްޕަލް ނެގުން އިންތިޒާމް ކުުރުމަށް ފަތުރުވެރިންގެ ތަފްސީލްތައް އީމެއިލް މެދުވެރިކޮށް ނުވަތަ 7970033 ނަންބަރަށް ގުޅާ ފަތުވެރިންގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ. އަދި ފަތުރުވެރިން ފުރަންދާއިރު ނަތީޖާ ލިބޭހާ ވަގުތު އޮއްވާ ސާމްޕަލް ނެގުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖެ އައި ގިނަ ފަތުރުވެރިންތަކެއް ޕީސީއާރު ޓެސްޓް ނުހެދިގެން ނުފުރިފައިވާތީ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެކަން ހައްލުކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.