ހަބަރު

ޖިންސީގޯނާކުރި މީހަކު ޝަރީއަތް ނިިމެންްދެން ބަންދުކޮށްފި

Aug 13, 2020

އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސްމަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

އެ އަމުރު ކޮށްފައި ވަނީ ގއ. ދެއްވަދޫ، ތިރުގެ، އިބްރާހީމް ނަދީމް ޞާލިހު 32، ބަންދުގައި ބަހައްޓާށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ޖުލައި 23 ގައި ފުލުހުންނަށް ހުށަހެޅި ކުޑަ ކުއްޖަކަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުންނެވެ.