ރައްޔިތުންގެ މަޖިލިސް

ޒީނާގެ މައްސަލަ ކޮމެޓީއަށް

Aug 17, 2020

ބްރޯޑްކޮމްގެ މެމްބަރު ޒީނާ ޒާހިރު އެ ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށައި މައްސަލަ ކޮމެޓީއަށް ފޮނުވައިފި އެވެ.

ކޮމެޓީއަށް ފޮނުވި އިރު ޒީނާ ވަކި ކުރުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އޮތީ ނިންމައިފަ އެވެ. މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ޒީނާ ވަކި ކުރުމުގެ މައްސަލަ ޖަލްސާގައި އިއުލާން ކުރައްވައި، އެ މައްސަލަ ކޮމެޓީއަށް ފޮނުއްވައިފަ އެވެ.

އޭނާ ވަކި ކުރަނީ ގާނޫނީ ވާޖިބު އަދާ ނުކުރުމާއި ވަކި ވަކި މީޑިއާ އިދާރާތަކާ މެދު ތަފާތުކޮށް އަމަލު ކުރުމެވެ.