ހަބަރު

ރަޝިއާގައި ރާއްޖޭގެ އިސްތިހާރު ދައްކަނީ

ރަޝިއާގެ ސެންޓްރަލް ރީޖަން އާއި މޮސްކޯގެ އެންމެ ބޮޑު އެއް ޓީވީ ޗެނަލް "360 ޑިގްރީ" ޗެނަލްގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ރަޝިއާ މާކެޓަށް ހާއްސަކޮށް ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ކެމްޕެއިން މެދުވެރިކޮށް "ވިޒިޓް މޯލްޑިވްސް ސޫން" ގެ މެސެޖު ރަޝިއާގެ ތިން މިލިޔަނެއްހާ މީހުންނަށް ދޭނެ އެވެ.

މިއީ ރާއްޖޭގެ ބްރޭންޑަށް ހޭލުންތެރިކަން އިތުރުކޮށް ރަޝިއާގެ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ހެދުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތެވެ.

ރާޝިއާ މާކެޓަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން މި އަހަރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފަ އެވެ. ރަޝިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.